logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބަޑި ގެންގުޅުނުކަން ސާބިތުވި މީހާ މިނިވަން ވެއްޖެ

އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު ކަމަށް ސާބިތުވި މީހަކު، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުރެފައިވާތީ، މިނިވަން ވެއްޖެއެވެ.

ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމް އަކީ، މީގެ 10 އަހަރު ކުރިން ސެޕްޓެމްބަރު، 2013 ގައި މާލެ ގެއަކާއި ވޯކްޝޮޕަކުން، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ފެނުނު މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މީހެކެވެ. އޭނާގެ އިތުރުން އެހެން މީހަކަށް ވެސް އެމައްސަލާގައި ދައުވާ ކުރި އެވެ. ނަމަ ވެސް އެ މީހާގެ މައްޗަށް ކުށް ސާބިތެއްނުވެ އެވެ. ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި އެ ކުށުގައި އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރި ނަމަވެސް ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ހުކުމެއް ނެތް ކަމަށެވެ.

މިމައްސަލާގައި ދެން ތުހުމަތުކުރީ، ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށެވެ. ކޯޓުން ބުނެފައިވަނީ މޫސާ ޔޫސުފާ އެ ހަތިޔާރުތަކާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށެވެ. ފުރަތަމަ އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެިރު އެ ދައުވާ ސާބިތުވި ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހުންނަށް އަންނާނެ އެވެ. އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަތިޔާރު ގެންގުޅުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޑި ގެންގުޅުމުގެ އަދަބު ކުޑައެވެ.

ގާނޫނު އަސާސީ ގައިވާ ގޮތުން ކުށެއް ކުރުމާއި ހުކުމް ކުރުމާ ދެމެދު ގާނޫނަށް ބަދަލުއައިސް އަދަބު ލުއިވާގޮތް ވެދުވެރި ވެއްޖެނަމަ އެ މީހަކަށް ދޭންޖެހޭނީ ފަހުން އަންނަ ގާނޫނުގައި އޮންނަ ލުއި އަދަބެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ