logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
އައްބާސް އާދިލު ރިޒާ، ފޮޓޯ: ރައީސް އޮފީސް

އައްބާސް އާދިލު ރިޒާ ހައްޔަރުކޮށްފި

އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވައިލާ މޭރުމަކުން ކުރި ޓްވީޓްގެ މައްސަލަ ބަލާނެ ކަމަށް ސަރުކާރުން ބުނިތާ އެއް ދުވަސް ފަހުން، އެކަމުގައި ތުހުމަތުވާ އައްބާސް އާދިލު ރިޒާ މިއަދު ހައްޔަރުކޮށްފި އެވެ.

ކުރީގެ ދެ ސަރުކާރެއްގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އައްބާސް އާދިލު ރިޒާ ގެ ނަމުގައި ހިންގާ ޓްވިޓާ ހޭންޑުލް އަކުން މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ އަށެއް ފެބްރުއަރީ ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު އަދި ނުހިފޭ ކަމަށެވެ. އެކަން "އިންޑިއާ އެމްބަސީން ފަށަށް ފެންނަ" ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.

އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލަން ގޮވައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި

އެނގިފައިވާ ގޮތުގައި އައްބާސް ހައްޔަރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ހުކުމް ކުރާތީ ޗެނަލް 13 އިން މިއަދު ކުރިއަށް ގެންދާ ކަވަރޭޖްގައި ބައިވެރިވާން އެ ޗެނަލުގެ އިދާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އިންޑިއާއާ ދެކޮޅަށް ކުރި ޓްވީޓްގެ މައްސަލަ ބަލާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އިއްޔެ ވިދާޅުވި އެވެ.

އެ ޓްވީޓްގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވައިލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ.

"ޔަގީންކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލެރެންސް އޮން ޓެރާ [ސިޔާސަތު ތަންފީޒުކުރެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ. އަދި ދިވެހިންގެ ތަރައްގީއަށް ހުރަސް އަޅަން ކުރާ މަސައްކަތްތައް ތަހައްމަލެއް ނުުކުރާނަން،" ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ.

ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަނުޖެހުން ހިންގަން ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދޭ ކޮންމެ ކަމެއް ސީރިއަސްކޮށް ބަލައި ފުލުހުން އެކަން ތަހުގީގުކުރާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *