ސިޔާސީ ލީޑަރުން ކަންކުރާގޮތަކީ އެއްވުންތަކުގައި ހަމަނުޖެހުން ހިންގާފައި ފިލައިގެން ދިއުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި ފިލައިގެން ދިއުން ކަމަށެވެ.
"ކުއްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މިގޮތައް ވިޔަނުދެއްވާ." އިމްރާން ވިދާޅުވިއެވެ.
Siyaasee baeh “leaderun” kankuraa gothakee evvunthakahgoss hamanujehun hingaa rayyithunlavvaa gose hadhdhaafa maidhaanun filaigendhiun. Kuvverive adhabu libenee nikamethi rayyithunnah. “Leaderun” thibenee filaa! Kommefikurakah nisbayiviyas evves rayyithaku migothah viyanudhevvaa!
— Imran Abdulla (@ShimranAb) June 2, 2023
އިމްރާން މިހެން ވިދާޅުވިއިރު ، ޗާގޯސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޮޑު ރެލީ އެއްބާއްވަން ދަނީ ތައްޔާރުަމުންނެވެ.
މި ރެލީގައި ބައިވެރިވާނެކަމަށް ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސް އިން ވެސް ބުނެފައި ވެއެެ އެވެ. ނަމަ ވެސް ޖަުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެޕާޓީއިން މި ރެލީގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.