logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
Ministry of finance

ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22 ގެ ކުރިން ދޭން އަންގައިފި

ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22 ގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ނިންމީ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށެވެ.

މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އާންމުކޮށް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެ ވެސް 28 އާއި 30 އާ ދެމެދުގައެވެ. ނަމަވެސް، ކުރިޔަށް އޮތް އީދު ބަންދާ ގުޅިގެން ބޭންކް ބޭންކުތައް ހުޅުވާފައި ހުންނާނީ އެމްއެމްއޭ އިން ހަމަޖައްސާފައިވާ ގޮތުން ހަމައެކަނި ޖޫން 26 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހަށް ވާއިރު، އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެ. އެގޮތުން އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރުމަށެވެ. ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *