logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެމްޕީއެލްގެ 3 މުވައްޒަފަކަށް ހައްޖު ދަތުރެއް ލިިބިއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތިން މުވައްޒަފަކަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު އެ ކުންފުނިން ދީފިއެވެ.

އިއްޔެ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ އެ ތިން މުއައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުންނަކީ ސީނިއާ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު އަގުލީމާއި ސީނިއާ އެގްޒެކެޓިވް އައިޝަތު ސުނީޒާގެ އިތުރުން ޖެނެރަލް މެނޭޖަރު އިބްރާހީމް ވަހީދެވެ.

މިއަހަރު ހައްޖަށް ދިއުމަށް ތިން މުއައްޒަފަކަށް ފުރުސަތު ލިބިފައިވާއިރު، ޝާހިދު ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފަކަށް ހައްޖު ދަތުރު ދިނުން ކަމަށެވެ.

އެމްޕީއެލްގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ވެސް ވަނީ މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު އެ ކުންފުނީގެ ހަތަރު މުވައްޒަފަކަށް ދީފައެވެ.

 

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހަށްވާއިރު، މި އަހަރު ހައްޖަށް ދާ މީހުން ފުރަން ފަށާނީ މި މަހުގެ 12 ގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *