logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރަސްގަތީމުން މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ރ. ރަސްގަތީމުން  މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ، އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހު ރަސްގަތީމުގައި ހިންގި އެ އޮޕަރޭޝަނެއަގައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ، ދެ ދިވެހިންނާއި ދެ ބިދޭސީން ނެވެ. އެއީ، އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކާއި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 28 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހުން ތިބި ލޯންޗު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *