logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާ ހެދި މަޖިލިސް ކުރިއަށް ނުގެންދެވި މިއަދު ވެސް ހުއްޓާލައިފި

އިދކޮޅު މެންބަރުންގެ ހަޅޭކުގެ އަޑާ ހެދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން މެމްބަރުންގެ މަޝްވަރާ އަށް ފަހު ވެސް ރިޔާސަތުން މަސައްކަތް ކުރުމުން ވެސް ވަނީ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

މެމްބަރުންގެ މަޝްވަރާ އަށް ޖަލްސާމެދު ކަނޑާލުމަށް ފަހު މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އަަށް ނިސްބަތްވާ މެމްބަރުން ރައީސް ސޯލިހަށް ނިސްބަތް ކޮށް "ޗޯރު އިބުރޭ" އަށް ގޮވާ އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ވަނީ ގެއްލުވާލާފައެެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީސް ނިންމާލާފައި ވަނީ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އަށް އައި ފޯނު ކޯލަކާ ގުޅިގެން ކަމަށެވެ.

އެހެން ކަމުން އިދިކޮޅު މެމްބަރުން ވަނީ އެ އައި ފޯނު ކޯލަކީ ކޮން ބޭފުޅެއްގެ ކޯލެއްތޯ ސުވާލު އުފައްދާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *