logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕާކުތައް ކުއްޔަށް ދިނުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް

މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޕާކުތަކާއި ހުސްތަންތަން ކުއްޔަށް ދިނުމުގެ ބާރު، މާލެ ސިޓީ ކައުންސިލަށް ދިނުމަށް މިއަދު ފާސްކޮށްފި އެވެ.

މީގެ ކުރިން ޕާކުތަކާއި ހުސް ތަންތަން ކުއްޔަށް ދޫކުރަނީ ފަސް މެމްބަރުންގެ "ޕާކް ކޮމިޓީ" އަކުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާގައި އެ ނިންމުން އެ ގޮތަށް ފާސްކުރީ ދަ ޑިމޮކްރެޓްސްއަށް ބަދަލުވި އެކައުސިލްގެ ތިން މެމްބަރަކު އެ ގޮތަށް ހުށަހެޅުއްވުމުންނެވެ.

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީހާން ނާޒިމާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މާރިޔަމް ނާޒިމާ އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ފޮނުއްވި ސިޓީއެއްގައި ވަނީ، މާލޭގެ އެއްވެސް ހުސް ޖާގައެއް، މަގެއް، މައިޒާނެއް، ޕާކެއް، ބިމެއް ވަކި ކަމަކަށް ނުވަތަ ވިޔަފާރިއަށް ކުއްޔަށް ދޫކުރުމާއި އެ ތަންތަނަށް ބަދަލު ގެނެސް ތަރައްގީ ކުރުމާއި އެ ތަންތަނާ ގުޅޭގޮތުން އެންމެ ފަހު ބަސް ބުނާނީ ސިޓީ ކައުންސިލްގެ އާއްމު ރަސްމީ ޖަލްސާއަކުން ކަމަށް ބަދަލު ކުރުމަށެވެ.

އެއަށް ތާއިދު ކޮށް ކައުސިލްގެ އަގުލަބިއްޔަތުން މިއަދު ފާސްކުރީ، ކައުންސިލްގެ އިހުތިސާސް ހިނގާ ތަންތަން ކުއްޔަށް ދޫކުރުން ފަދަ ކަންކަން ކައުންސިލްގެ ރަސްމީ ޖަލްސާގައި މަޝްވަރާ ކޮށް ނިންމުމަށެވެ.

މެންބަރުން ވިދާޅުވީ، ކުޑަ ކޮމިޓިއަކުން އެ ކަންކަން ނިންމުމުން، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ.

"ބިމާ ބެހޭ ނިންމުންތަކާއި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކަންކަމާއި މާލީ އިލްތިޒާމެއް އެކުލެވިގެންވާ އެއްވެސް ކަމަކީ ވަކިވަކި ކައުންސިލަރުންނަށް ނުވަތަ ކައުންސިލްގައި އެކުލަވާލާ ވަކި ކުޑަ ކޮމިޓީއަކުން ކަނޑައަޅާ، ފަހު ބަސް ކިޔުމުގައި ގާނޫނީ އަދި ދުސްތޫރީ ހައިސިއްޔަތު ލިބިގެންވާ ކަންކަމެއް ވެސް ނުމެ ނޫންނެވެ،" ތިން މެންބަރުން ފޮނުއްވި ސިޓީގައިވެ އެވެ.

އެ ކަމަ ކައުންސިލުން މަޝްވާރާ ކޮށް ނިންމީ، މާލެ ސަރަހައްދުގެ ޕާކުތަކާއި ހުސް ބިންތައް ކުޑަ ކޮމިޓިއަކުން ނިންމުމުގެ ބަދަލުގަ ސިޓީ ކައުންސިލްގެ ޖަލްސާއިން އެފަދަ ކަންކަން ނިންމުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *