logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރިސޯޓެއްގެ ޕޫލްއަކަށް ގެނބި، ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ އަތޮޅު ރިސޯޓްއްގެ ޕޫލްއަކަށް ގެނބި، ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިި ހާދިސާގައި މަރުވީ، "ކޮކޯޕާމް ބޮޑު ހިތި" ނަމަކަށް ކިޔާ ރިސޯޓެއްގައި އާއިލާއާ އެކު ޗުއްޓީއަށް އައިސް އުޅުނު އިންޑިއާއަށް ނިސްބަތްވާ އަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރިސޯޓުގެ އިންޑޯ ޕޫލަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ މަރުވެފައި އޮތް ޕޫލަކީ ކުޑަކުދިންނަށް ވެސް އެރެވޭ ގޮތަށް އަދި އެހާ ފުން ނޫން ގޮތަކަށް ހަދާފައިވާ ޕޫލެއްކެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި ސްވިމިންގ ޕޫލް ތެރޭގައި ކުއްޖަކު ގެނބިގެން އޭޑިކޭއަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭއަށް ގެންދިޔައިރު ވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ