logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގެމަނަފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ގއ. ގެމަނަފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ކިޔާ ކުންފުންޏަކާއެވެ.

އެ މަސައްކަތުގެ އެއްބަސްވުުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޕާމިނެންޓް ސެކެއްޓްރީ ޒީނިޔާ އަހުމަދުއެވެ.

މި އެއްބަސް ވުމުގައި ސޮއި ކުރީ އެކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ގެމަނަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެ ކޯޕަރޭޝަންއާއި ހަވާލު ކޮށްފައިވަނީ 76 މިލިއަން ރުފިޔާގެ އަގަށް 540 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަނޑައަޅާފައެވެ.

ރާއްޖޭގެ ރަށްރަށުގެ މަގުތަކަށް ދިމާވެފައި ވާ މައްސަލަތަށް ހައްލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުން ނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ