logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިޔާސީ އިންތިހާބަށް ނަން ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފި

ރިޔާސީ އިންތިހާބަށް ނަން ހުށަހެޅޭނެ މުއްދަތު އިތުރު ކުރުމާއި ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބަށް ނަން ހުށަހެޅޭނެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އެގާނޫނަށް އިސްލާހް ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. އެގޮތުން އެމާއްދާއަށް ގެނެސްފައިވާ މައިގަނޑު އިސްލާހަކީ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.

ރައީސް، ރިޔާސީ އިންތިހާބަށް ނަން ހުށަހެޅޭނެ މުއްދަތު އިތުރު ކުރުމާ ބެހޭ ބިލް ތަސްދީގުކުރުމާއި ގުޅިގެން އެ ގާނޫނު އިއްޔެ ވަނީ ގެޒެޓް ކުރެވިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *