logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ބަޓިކް އެއާގެ ޑައިރެކްޓް ފްލައިޓްތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

ބަޓިކް އެއާގެ ދަތުރުތައް ފުރަތަމަ ރާއްޖެއަށް ކުރަންފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. 57 ޕަސެންޖަރުންނާއެކު ބަޓިކް އެއާގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހާާއްސަ ވޯޓާ ސެލިއުޓްއަކާއި އެކު މަރުހަބާ ކިޔާފައެވެ.

ކުރިން ވެލާނާ އިންނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެ އެއާލައިނުން ދަތުރުތައް ބާއްވަމުން އައީ ލަންކާ މަގުން ދަތުރުކުރެވޭ ގޮތަށެވެ. ނަމަވެސް މިއަދު ވަނީ ބަޓިކް އެއާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށާފައެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

މި އެއާލައިން އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އަދި މިއެއާރގެ ސަބަބުން މިމަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށްވެސް ފަސޭހަވެގެންދެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *