logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވީއައިއޭ އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓް އަށް ދިއުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދާން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުންނާ އެކީ އެއާޕޯޓަށް ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ.

އެހެން ކަމުން ފުރާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ،  ހުރިހާ ފަސިންޖަރުން ވެސް "އިމުގާ ފޯމް" ކުރީ ބަައިގައި ފުރިހަމަކުރުމަށާއި އޮޕަރޭޝަން ފަސޭހަކުރުމަށް ފަސިންޖަރުންގެ އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *