logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އޭޓީއެމް އަކަށް ގެންލުންދީފައި ވަނީ ގަސްތުގައެއްނޫން، ވައްކަމެއް ނުކުރޭ: ބީއެމްއެލް

އައިޖީއެމްއެޗް ކައިރީގައި ހުންނަ ތިން އޭޓީއެމް މެޝިނުގެ ތެރެއިން އެއް އޭޓީއެމްއަށް ގެއްލުން ލިބިފައި ވަނީ މީހަކު ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށާއި އެ އެޓިއެމް އިން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށް  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިންބުނެފި އެވެ.

ރޭ ފަތިހު، އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭޓީއެމް މެޝިން ތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުން ދީފައިވާ މައްސަލައެއް ފަތިހު 5:11 އެހާކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބީއެމްއެލްއިން މީޑިއާތަަކަށް ފޮނުވި މެސެޖެއްގަިއ ބުނީ، އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށް ކުޑަކޮށްކަމަށާއި ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ، އޭޓީއެމްއަށް ގެއްލުންވެފައިވީ ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައި ނުވާ ކަމަށް ވެސް ބީއެމް އިން ބުންޏެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުން ދާ ކަމަށެވެ.

އެޓީއެމްއަށް ގެއްލުންވެފައި ވަނީ ކީއްވެގެން ކަމެއް ނުވަތަ ވެފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ބީއެމްއެލް އިން ނުބުނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *