logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

މޫސުން ގޯސް، ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފަ

ކުރިއަށް އޮތް ދެދުވަހު ވެސް ރާއްޖޭއަށް ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން، އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ، މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މިއަދުގެ 12:00 އާ ހަމައަށް ހއ. އިން ފެށިގެން މ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާ އިރު، ރާއްޖޭގެ ބޮޑު ބަޔަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ނަމަވެސް މޫސުން އެންމެ ގޯސްވާ ވަގުތު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް އިއްޔެ އިން ފެށިގެން ދަނީ ވިއްސާރައިގެ އަސަރު ކުރަމުން ނެވެ. މޫސުން ގޯސްވާ ވަގުތު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *