logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން --- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލްްސް

ދަ ޑިމޮކްރެޓްސް، ޕީޕީއެމްއާ އެކު މަޝްވަރާ ކުރަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޮލިޝަނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން، އަލަށް އުފެދުނު، ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި އެ މަޝްވަރާ އޮންނާނީ މިއަދު 11 ޖަހާއިރ،ު އޯޝަން ލައިބްރަރީ (މއ. ސައުތު ޝައިން، ޗާންދަނީ މަގު ދެކުނު) އެވެ.  އަދި ބައްދަލުވުމަށް ފަހު މީޑިއާ އާ ތަފްސީލު ދޭނެ ކަމަށް ބުނެފައިވެއެވެ.

އިދިކޮޅު ކޮލިޝަން އާ އެކު އެކުގައި މަސައްކަތް ކުރުމަށް، ދަ ޑިމޮކްރެޓްސްއިން، ބައްދަލުވުމެއް ބާއްވާ އިރު، ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ ކެނޑިޑޭޓެއް ނެރޭނެކަމަށް ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހުފެދިފައިވާ ޑިމޮކްރެޓްސް އިން ނެރޭނެ ކަމަށް ބެލެވޭ ކެނޑިޑޭޓަކީ ވެސް ރައީސް ނަޝީދެެވެ. އަދި ހަމަ އެއާ އެކު، އިދިކޮޅު ކޯލިޝަނުން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އެކޯލިޝަނުގެ ކެނޑިޑޭޓްގެ ގޮތުގައި އިއުލާން ކޮށްފަ އެވެެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *