logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދަ ޑިމޮކްރެޓްސްއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމަށް އަންނަ މަހުގެ 2 ވާ އާދީއްތަ ދުވަހަށް ހުއްދަ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

" ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ހަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައި." ހަބީބްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. އެގޮތުން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ، އީސީން މިދިޔަ މަހުގެ 24 ވަނަ ދުވަހު ދިނުމުން، ހަފްތާއެއްގެ ތެރޭގައި ވަނީ 3،560 ފޯމް އީސީ އަށް ހުށަހަޅާފައެވެ. އެ ޕާޓީގައި ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ. އަދި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *