logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުއްލި ޚަބަރު

30 މީހުނާ އެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

މީހުންނާއެކު ނ. އަތޮޅު ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ލީޖަން 7″ ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. އަދި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށްވެސް އެމްއެންޑިއެފް އިން ބުންޏެވެ.

ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން، ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން  ފެށިކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

އަދި ރަންދެލި ރިސޯޓުގެ ޑައިވަރުންނާއި، ރިސޯޓުގައި އޮތް "ރީފްލައިން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިންނާއެކު، ކޯސްޓްގާޑުގެ ޑައިވަރުން ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންީއެފް އިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *