ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖާޖީންގެ ދުއާއާއި އެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓުގައި އިމްރާން ވިދާޅުވީ، މިއަދަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ހައްޖާޖީން ހައްޖުގެ އަޅުކަން ފާށާ ދުވަސް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިސަބަށް އިޝާރާތް ކުރައްވައި، އިމްރާން ވިދާޅުވީ ރައީސް ސޯލިހު މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖަށް ވަޑައިގެންނެވި ހައްޖުވެރިންގެ ދުއާތަކާ އެކުގައި ކަމަށެވެ.
Miadhakee Allah ge hazurathugai Lobuvethikan boduvegenvaa hajjaajeen hajjuge alhukan fashaiganna dhuvaheve.
Miaharuge inthikhaabu alhugadumen ehburun kaamiyaabu kuraanee (insha Allah)hajjah vadaigenvaa alhugadumenge lobuvethi akhunnaa ukhuthunge mathiveri Dhua thakaa ekuga eve.
— Imran Abdulla (@ShimranAb) June 26, 2023
މީގެއިތުރުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ މިއަދުގެ ހާލަތަށް އެންމެ ބޭނުންވާނީ ގައުމުގެ މަސްލަހަތު ކަމަށާއި، އެކަން ކަށަވަރު ކުރެވޭނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވައިގެން ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަށްވައި، އަދާލަތް ޕާޓީން ވަނީ އެމްޑީޕީ އާއެކު ކޯލިޝަން ހަދަން ނިންމާފައެވެ.