logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ފޮޓޯ: ޝަހްޒާ، މިނިވަން
ކުއްލި ޚަބަރު

10314 މީހުނަށް ގޯތި ލިބޭ

ބިންވެރިޔާ ސްކީމުގެ ދަށުން 10314 މީހުންނަށް ގޯތި ލިބެން ޝަރުތު ހަމަވާކަމަށް ސަރުކާރުން ބުނެފި އެެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްއެއްގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރުން ހުށަހެޅުއްވި ޕްރެސެނެޓޭޝަނެއްގައި، 10314 މީހުނަށް ގޯތި ލިބޭ ކަމަށް ވެއެވެ.

މިއަދު ޢާންމުކުރި ހިސާބުތަކުން ދައްކާގޮތުން ގޯއްޗަށް 23،088 މީހަކު ކުރިމަތިލިއިރު، އޭގެ ތެރެއިން 19،858 މީހަކު ޝަރުތު ހަމަވެއެވެ. އަދި އެ މީހުންގެ ތެރެއިން މި ފަހަރު ގޯތި ދީފައިވަނީ 10،314 މީހުންނަށެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި އިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖޮއިންޓް އެޕްލިކެންޓް ގޮތުގަ ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް އަށް ފަހު ގެޒެޓް ކުރަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

ސަރުކާރުން ފުރަތަމަ މި ސްކީމަށް ހުޅުވާލީ 5000 ގޯތި ދިނުމަށެވެ.

އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް  ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

….

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *