logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުލަބޮކިތަކާ ގިޑިގެ ތަކުން މާލެ ދިއްލާލައިފި

އަޟްހާ ޢީދަށް މަރުހަބާ ކިޔުމުގެ ގޮތުން ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އީދަށް މާލެ ޒީނަތްތެރިކޮށް، ހާއްސަ ހަފްލާ އެއް ވެސް ވަނީ ރޭ ބާއްވާފައެެވެ.

ރޭ ޖުމްހޫރީ މައިދާނުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި އެ ހަފްލާގައި ގިޑިގެ ތަކާއި ކުލަބޮކިތައް ދިއްލާލުމަށް ފަހު މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އީދު ފަދަ މުނާސަބަތު ތައް ރަސްމީކޮށް ފާހަގަކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

" ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ" މޭޔަރު ވިދާޅުވިއެެވެ.

އަދި އެހެން މުހިންމު ދުވަސްތައް ކުލަބޮކިން ޒީނަތްތެރި ކުރާއިރު، އިސްލާމުންނަށް އެންމެ މުހިންމު މުނާސަބަތުތައް ކަމަށްވާ އީދުތަކުގައި މިގޮތަށް މީގެ ކުރިން ރަށުތެރެ ޒީނަތްތެރި ނުކުރާކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށްފައި ވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ "ޢީދު މުބާރަކް" ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަގުތައް ޒީނަތްތެރި ކުރުންމަކީ އެ ކައުންސިލުގެ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވާ ބޮޅެއްކަމުގަ އެވެ.

އީދަށް މާލެ ޒީނަތްތެރިކޮށްފައިވާ އިރު ، މާލެ ސިޓި ކައުންސިލުން ވަނީ، މާލޭގެ ބައެއް ސަރަހައްދުތައް އާންމުން ބޭނުން ނަމަ ބަންދުކުރާގޮތަށް ވެސް ހަމަޖައްސާފަ އެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *