logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024
ކުރިން މާލޭގައި ބޮޑުޖަމާއަތިގައި ކުރި އީދު ނަމާދެއްގެ ތެެރެއިން--- ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރާނެ، ބައެއް މަގުތައް ބަންދުވާނެ

މި އަހަރުގެ އަޟްހާ އީދުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި އީދު ނަމާދުކުރާގޮތަށް ހަމަޖައްސައި އެ ސަރަހައްދުތަކުގެ ވަށައިގެންވާ މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.
އީދު ނަމާދު އޮންނަ ވަގުތު މާފަންނު ސްޓޭޑިއަމްއަށް ދެވެން އޮންނަ މަގުތަކާއި ސަލްމާން މިސްކިތް ކައިރީ އޮންނަ މަގުތައް އަދި އިސްލާމީ މަރުކަޒާ ދިމާ މަގުތައް ބަންދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކޮށްފައިވާއިރު ހަތަރު ފުރޮޅުލީ އުޅަނދަށް ބައެއް ސަރަހައްދުތައް ބަންދުވާނެއެވެ.

މި އަހަރު މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ:
މާލެ މާފަންނު ސްޓޭޑިއަމް
ސަލްމާން މިސްކިތާއި މާބުލް ސަރަހައްދު
އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު
ހުޅުމާލެ ސިންތެޓިކް ޓްރެކް
ހުޅުމާލެ ދެވަނަ ފިޔަވަހި ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު)
ވިލިމާލެ ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެއެވެ.

ޢީދު ނަމާދަށް ދާ އިރު  ސަމާލުކަން ދެއްވަންވީ ކަންތައް ކަމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސް ކުރާ ކަންތަކުގެ ތެރޭގައި:

  • ކޮންމެ މީހަކު ވެސް ގެއިން ވުޟޫކޮށްގެން ދިއުން
  • އަމިއްލަ މުސައްލައެއް ގެންދިއުން
  • އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).ގެންދިއުން ހިމެނެ އެވެ.

އީދުނަމާދު ކުރާނީ އީދު ދުވަހުގެ ހެނދުނު 7:30 ގައެެވެ. މިނަމާދަކީ ދެޖިންސުގެ ކުދިބޮޑު ހުރިހާ މުސްލިމުން ޖަމާއަތުގައި ކުރާ ނަމާދެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *