logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އީދުގެ އުފާ ފާޅުކުރަން ވާނީ ﷲ ކަނޑަޅުއްވާފައިވާ އިމުގެ ތެރޭގައި: ޚުޡުބާ

ކޮންމެ އީދަކީވެސް އުފާ ފާޅުކުރުމުގެ ދުވަސް ކަމަށާއި، އެހެންނަމަވެސް އީދުގެ އުފާ ފާޅު ކުރަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމުގައި މިއަދު އީދު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު އިއްވި އީދު ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގަތުމާ ގުޅިގެން ވިދިގެން އަންނަ ދުވަސްތަކެއް ކަމަށެވެ. 

"އިސްލާމީ އީދަކީ އެކަނިވެރިޔާ، އޭނާގެ އާއިލާގެ މަތިން، ބިދޭސީ މީހާ، އޭނާގެ ގައުމުގެ މަތިން، ބީރައްޓެހި މީހާ، އޭނާގެ ރައްޓެހިން މަތިން، ޔަތީމް ކުއްޖާ އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެވެ. މިއަދަކީ މި ހުރިހާ އެންމެންނަށް މާތް ހަނދުމަވާންވީ ދުވަހެވެ." ހުތުބާގައި ބުނެފައިވެއެވެ.

އީދު ދުވަހަކީ ގުރުބާން ކުރުމުގެ ދުވަސްކަން ފާހަގަކޮށް އީދު ހުތުބާގައި ބުނެފައި ވަނީ މިއީ މާތް ﷲ ގެ ރަސޫލުބޭކަލުން ކަމުގައިވާ އިބްރާހިމްގެފާނަށާއި އެކަލާނގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނަށް މާތް ﷲ އިނާމު ދެއްވި ދުވަސް ކަމަށެވެ. އެއީ އެ ދެބަފައިކަލުންނާ މާތް ﷲ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން ފާސްވެވަޑައިގަތުމުގެ އިނާމް ކަމަށް ވެސް އީދު ހުތުބާގައިވެއެވެ. އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށް ހުތުބާގައި ބުންޏެވެ. ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަން ޖެހޭ ކަމުގެ ދިރި ހުރި މިސާލެއް ކަމަށާއި އުޟްހިޔާ ކަތިލާ ދުވަހު ހަނދާނަށް ގެނެސް ދެނީ މި މަތިވެރި ޒިކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ޚުޡުބާގައި ވިދާޅުވެފައިވަނީ، ކުޅިވަރު ކުޅުމާއި އުފާ ކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލެއް ކަމުގައެވެ. އަދި ޚުޡުބާގައި ވިދާޅުވީ މުސްލިމުން އީދު ފާހަގަ ކުރާންވާނީ އެހެން މީހުން އީދު ފާހަގަ ކުރާގޮތް ކޮޕީ ކޮށްގެން ނޫން ކަމުގައެވެ.

"މާތް ﷲގެ އަޅުތަކުންނެވެ! އީދު ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހަދާށެވެ! އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްތަކަކަށް ހަދާށެވެ! އެކަކު އަނެކަކަށް އަޅައިލާ ދުވަސްތަކަކަށް ހަދާށެވެ! އެއްބަޔަލު އަނެއް ބަޔަކާއި އަތްޖޯޑުކޮށް، ސަމާލްގަލާން ކުރާ ދުވަސްތަކަކަށް ހަދާށެވެ! ހެޔޮކަންތަކާއި ތަޤުވާވެރިކަމުގައި އެއްބާރުލާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ޔަތީމުންނަށް ރަޙުމް ކުރާށެވެ! އިސްލާމް ދީނުގައި މަތިވެރި އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދާށެވެ!" ޚިތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ބުނި ގޮތުގައި މާތް ﷲ އީދު ޝަރްއު ކުރެއްވީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތުކޮށް އެންމެން އެކަތިގަނޑަކަށް ވުމަށް ކަމަށް ވެސް ހުތުބާގައިވެއެވެ.

"އީދާއި ހައްޖަކީ ސުލްހަމަސްލަސްކަން ގެނުވައިދޭ އަޅުކަންކަމެވެ. ކޮންމެ ހައްޖެއްގައި ވެސް ހައްޖުވެރިއަކަށް ވެސް އަނެކާ އަށް ހުރުމަތްތެރިކޮށް ހިތަން ދަސްވެއެވެ." ހުތުބާގައިވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *