logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

އީދު ފާހަގަކުރަން ރައީސް ސޯލިހު ތޮއްޑުއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އަނބިކަނބަލުން ފަޒުނާ އަހުމަދު ޢީދު ފާހަގަ ކުރުމަށް އއ.ތޮއްޑޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ތޮއްޑޫއަށް ވަޑައިގެންނުވުމުން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކޮންމެ އަހަރެއްގެ ބޮޑުއީދު ތޮއްޑޫގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އީދުގެ ހަރަކާތްތައް މިއަދު އީދު ނަމާދަށްފަހު ފަށާފައިވާއިރު އީދާއި ގުޅިގެން މިއަދާއި މިރޭވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ، މި ހަރަކާތްތަކުގައި ރައީސްގެ ދެ ކަނބަލުނން ބައިވެރިވާނެއެވެ. ޢީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވައި ރައީސުލްޖުމްހޫރިއްޔާ ފޮނުވި ޚިތާބުގައި ވިދާޅުވީ އުފާ ފާޅުކޮށް އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަސްތަކެއް، އަޅުގަނޑުމެންގެ ދީނުގައި ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ޙިކްމަތަކަށްޓަކައިކަމަށް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *