logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފެންވަރު ރަނގަޅު ވޮލީ ކޯޓެއް އެޅުމަށް ތޮއްޑޫގެ ކަނބަލުން ރައީސް ސޯލިހުގެ އަރިހުން އެދިއްޖެ

އަޟްހާ އީދު ފާހަގަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހްމަދު އއ ތޮއްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް އެޅުމަށް ތޮއްޑޫގެ ކަނބަލުން ރައީސް ސޯލިހުގެ އަރިހުން އެދިއްޖެއެވެ.

ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫ ގެ ކަނބަލުންގެ ފަރާތުން ދެއްވި އީދު ދުވަހުގެ ހާއްސަ ސަގާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ފަރިއްކޮޅުގެ ފަހުން ރައީސް ސޯލިހު ވަނީ ތޮއްޑޫގެ ކަނބަލުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ ވޮލީ ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި ވޮލީ ކޯޓްއެޅުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ތޮއްޑޫ އިން ފުރާ ވަޑައިގެންނެވުމުގެ ކުރިން ރައީސް ސޯލިހުގެ ދެ ކަނބަލުން ވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުވާލައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *