logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
އެޗްޑީސީ ހެޑް އޮފީސް/ ފޮޓޯ: ޕީއެސްއެމް

ގޯއްޗާއި ފްލެޓާއި ގުޅޭގޮތުން ސްކޭމް ކޯލް ކުރަނީ، ސަމާލުވޭ! އެޗްޑީސީއިން ނުގުޅާނެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗާއި ގުޅޭ އެއްވެސް ކަމެއްގައި އެޗްޑީސީ ނުވަތަ އާބަންކޯ އިން ނުގުޅާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯރޕަރޭޝަނުން މިހެން ބުނެފައިވަނީ  ހައުސިންގ ސްކީމްތަކާ ގުޅުވާ، މަކަރާއި އޮޅުވާލުމުގެ ތެރެއިން އެކި ކަހަލަ ފޯނު ކޯލުތައް ކޮށް، ފައިސާ އަތުލާ އެނޫންވެސް ބޮޑެތި ލަނޑުދިނުމާއި އޮޅުވާލުންތައް ހިނގަމުންދާތީއެވެ.

އާބަންކޯ އިން ބުނެފައިވަނީ  "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް އެކޯރޕަރޭޝަންގެ ފަރާތުން ނުކުރާނެކަމަށެވެ. އަދި ސްކޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމަންޓާއި ބެހޭ އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެކަމަށެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ސަރުކާރުން ޖޫން 26 ގައި އިޢުލާންކުރައްވާފައިވާއިރު، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް ވަރަށް އަވަހަށް ޢާއްމުކުރައްވާނެކަމަށް ޕްލޭނިން މިނިސްޓަރު އަސަލަމް ވަނީ ވިދާޅުވެފައެވެ. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުން އިއުލާންކޮށް އެކަމާ ގުޅޭ މުއާމަލާތްތައް ކުރަނީ ޕްލޭނިން މިނިސްޓްރީއިންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި އޮޅުވާލުމާއި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފައެވެ.

އެގޮތުން އެކި ބޭންކްތަކުގެ ނަމުގައާއި ހައުސިން ސްކީމް ތަކުގެ ނަމުގައި ވެސް ފޯނުކޮށް ފައިސާ އަތުލަން މަސައްކަތްކުރެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި، އޮފީސްތަކާއި، ކުންފުނިތައް އަދި އަމިއްލަ ވިޔަފާރިތަކުގެ ނަން ބޭނުންކޮށްގެން އެފަދަ ސްކޭމް ކޯލްތައް ކުރުމާއި ލިންކް ފޮނުވުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.

މިފަދަ ކަންކަމަށް އާއްމުން މިހާރަށްވުރެ ސަމާލުވެ ރައްކާތެރިވުމަށް ފުލުހުންނާއި، ކަމާބެހޭ ފަރާތްތަކުން ވެސް މީގެ ކުރިން ތަކުރާރުކޮށް ވަނި އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ