logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހައްޖަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ދިވެހި ހައްޖާޖީއަކު، ހައްޖުގެ އަޅުކަން އަދާކުރަން ގޮސް އުޅުމުގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިގެ ހޯދަމުން ދަނިކޮށް،  ގެއްލުނުތާ ހަތަރު ދުވަސް ފަހުން ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

 އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހަވާލުގައި ހައްޖަށްދިޔަ ރ. މާކުރަތު، މުހައްމަދު ނަސީމް އަލީ، 72އ، ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަސީމް ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެމިނިސްޓްރީން އަށް ލިބުނީ ރޭ މެންދަމު 2 ޖަހަން އުޅެނިކޮށް ކަމަށެވެ.

ނަސީމް އަށް ވީގޮތެއް ނޭނގިގެން ހޯދަން ފެށީ އަރަފާތަށް ދިއުމުގެ ކުރިން، ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ތިބި އިރު ކަމަށް މައުލޫމާތު ލިބެއެވެ. ދިވެހި ހައްޖު މިޝަނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި ހަރަމައިން ކުންފުނިން ، ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމް ނިޔާވިކަން އެނގުނީ ހައްޖުގެ ތެރޭގައި ނިޔާވާ މީހުންގެ ލިސްޓް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކުރިއިރު އެލިސްޓްގައި ނަން އޮތުމުންނެވެ.

މިހާރު އުމުރުން ދުވަސްވެފައިވުމުން ނަސީމުގެ ހަނދާނުގެ މައްސަލަ ހުންނަ ކަމަށާއި ނަފްސާނީ ފަރުވާ ކުރާކަމަށް އާއިލާއިން މީޑިއާއަށް މައުލޫމާތުދީފައިވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ