logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Photo: cnm

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް

ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓް މިއަދު 13:20 ހާއިރު، ލިބިގެން، ފުލުން ގޮސް އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ބުނެފި އެެވެ.

ފުލުހުން ބުނީ އެމީހާ ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި އެމީހާ އޮތް، ހ. ހާލަޅަމާގެއަށް ފުލުހުން ވަދެފައިވަނީ ގޭގެ ދޮރު ފަޅާލައިގެން ނެވެ.

މަންޒަރު ދުއް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ނިޔާވި މީހާ އަކީ، ލަންކާގައި މަރާލި، ހ. ހަންޑްރެޑް ފްލާވާ ހުސެން ރަޒީން (ރަބަރޭ) ގެ ބޭބެ އެކެެވެ.

އޭނާ ފުލުހުންގެ ވެހިކަލަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 13:30 ހާއިރު އެވެ.

އެމައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *