ރާއްޖޭގެ ޒުވާން ލަވަކިޔުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ލަވަކިޔުންތެރިޔާ އާމިނަތް ބަތޫލް އަހްމަދު ރަޝީދް އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.
ބަތޫލް އެ ޕާޓީ އަށް ސޮއިކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ފޯމް ހަވާލުކުރީ ރައީސްގެ އުފަން ރަށް ޅ. ހިންނަރުގައެވެ. ރަށުގެ ރައްޔިތުންނާ އެކީ އީދުގެ އުފާތަކުގައި ބައިވެރިވަޑައިގަތުމަށް ރައީސް އެ ރަށަށް ވަޑައިގަތީ އިއްޔެ އެވެ.
އެމްޑީޕީ އަށް ބަތޫލް ވެސް ސޮއިކުރި އިރު، ރާއްޖޭގެ އެކި ހިސާބުތަކުން ޕާޓީ އަށް ސޮއިކުރާ މީހުންގެ އަދަދު މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އަދި އެމްޑީޕީން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީ އަށް މެންބަރުން އިތުރުކުރަން ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވެސްވަނީ އެމްޑީޕީއާ ގުޅިފައެވެ.