logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން ހިޔާ ޖަމިއްޔާއިން މަސައްކަތް ފަށައިފި

މާލެ ސަަހައްދުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާއި ގުޅިގެން ހުޅުމާލޭ ހިޔާ ފްލެޓުތަކުން ކުލިދެއްކުން ހުއްޓާލުމާ ބެހޭގޮތުން އެކުވެރި އާއްމުންގެ ގުޅުން ނުވަތަ ( ކޮތަރުކޮށި) ޖަމިއްޔާއިން މަޝްވަރާތަށް ކުރަން ފަށައިފިއެވެ.

މި މަޝްވަރާތައް ފަށާފައިވަނީ ހިޔާ ފްލެޓުތަކުގައެވެ. މި ޖަމިއްޔާ އަކީ، ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

އެ ޖަމުއިއްޔާއިން ބުނީ، ހުޅުމާލެ ފަދަ އަގު ބޮޑު ތަނަކުން ބިން ހިލޭ ދޫކުރަން ނިންމާ ލިސްޓް އާންމު ކުރިއިރު އަނެއް ބަޔަކު ކުލީގައި ދިިރިއުޅެން ޖެހުމަކީ ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ހިޔާ ފްލެޓުގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓުގެ ހުރިހާ ޓަވަރެއްގައި ދިރިއުޅޭ ފަރާތްތަކާއެކު އެ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ވެސް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

އެގޮތުން އިއްޔެ ހިޔާ ފްލެޓުގެ އެޗް-4 ގެ މީހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ސަރުކާރުން ވަނީ "ބިންވެރިޔާ" ސްްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓްގައި 10،314 މީހަކަށް  ގޯތިލިބޭކަމުގައި  ވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޖަމިއްޔާ އުވާލާފަ ތި މެދުއާމް ހައްޔަރުކުރޭ. ތިޔައީ ފިތުނަ އުފައްދަން އުޅޭބައެއް.

  2. ބިން ލިބުނޭ ކިޔާފަ ބިމަށް ތަ ގޮސް ވަންނަނީ. އެ ގޯތީގަ ގެ އަޅަން ޖެހެނީ ހަމަ ދަރަނި ވެރިވެގަނެގެން. އެވެސް މަހުން މަހަށް ދައްކަންޖެހޭ ފައިސާ. މީ ލައްކަ ވާހަކަ
    ވަރަށް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *