logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އީދު ފާހަގަކުރަން ނަމޫނާއަކަށް ބަލަންވީ ކަމަދޫ، ވަރަށް ތަފާތު!

ކޮންމެ އަހަރެއްގެވެސް އަޟްޚާ އީދަކީ މުޅި ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ. މިއީދު ކުޅިވަރުތަކުން ފާހަގަވެގެންދާ އެންމެ މުހިންމު ކަމަކީ ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ވެގެން ދިއުމެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް އެންމެން އެއްކޮށް މަޖާކޮއްލަން ލިބޭ އެންމެ ބޮޑު ފުރުޞަތަކީ ބޮޑު އީދެވެ. ކުދިބޮޑު އެންމެން އީދުކުޅިވަރުގައި ޝާމިލްވުމަކީ މީގެ އެންމެ ބޮޑު ހެއްކެވެ. ރާއްޖޭގެ ރަށްރަށުގެ ތެރެއިން ބޮޑު އީދު ފާހަގަކުރުމުގައި ބ. ކަމަދޫއަކީ ނަމޫނާ ރަށެވެ.

ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ރަށުގެ ކްލަބް ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން އެރަށުގައި ބޮޑު އީދު ފާހަގަކުރަނީ ވަރަށް ވެސް ކުލަ ގަދަކޮށެވެ. ސަޤާފީ ހަރަކާތްތަކުން މުޅި ރަށް ގުގުމާލާފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަނީ އެންމެން ގުޅިގެން ވަރަށް އެކުވެރި މާހައުލެއްގައެވެ. ދުރާލާ ތައްޔާރުވެ ވަރަށް ފުރިހަމަ ޝައުޤުވެރި ހަރަކާތްތައް އެރަށުން ދަނީ ފެންނަމުންނެވެ.

މިފަހަރުގެ އީދަށް ރަށުން ބޭރުން ގިނަ ބަޔަކު ވަނީ އެރަރަށް ޒިޔާރައްކޮށްފައެވެ. އީދުގެ ކުޅިވަރުތައް 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އީދުގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ކުރިއަށް ދަނީ އެރަށު ރައްޔިތުންގެ މެދުގައި ކަމަށް މައުލޫމާތުލިބެއެވެ.

ކަމަދޫގައި އެންމެ ފޯރީގައި ކުރިއަށްދާ ހަރަކާތްތަކަށް ބަލާއިރު، މިކްސް ދަފިނެގުމާއި މާފަތި، ބަނޑިޔާ، ފަތިގަނޑު އަދި ކުރުދަނޑި ޖެހުން ހިމެނެއެވެ. މީގެއިތުރުން ދެ ޖިންސްގެ ކޯޑި ކުޅިވަރާއި، ދެލިމާލި އަދި ފެންކުޅިއާއި ސްޓޭޖް ޝޯވތަކަކީ ވަރަށް ފޯރިގަދަ ހަރަކާތްތެކެވެ.

ކަމަދޫގެ އީދު ކުޅިވަރުތައް ރާވާލާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭގޮތަށް އީދުގެ އުފަލުގައި އެންމެންނަށްވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ. އީދުކުޅިވަރުތަކަށް ކަމަދޫ އީދު ކުޅިވަރު ފޭސްބުކް ޕޭޖުން ލައިވް ކުރަމުންދާއިރު ގިނަ ބަޔަކު ދަނީ މި ކުޅިވަރުތައް ބަލާ އެކަމަށް ތައުރީފް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މާބޮޑައްވެސް ތަފާތު،،،
    ކަމަދޫ ވަރެއްނެތް ހަމަ،،
    ސަގާފަތް ކުރިއަރުވާ ތަރައްޤީ ކުރުމަށް ކަމަދޫގެ ރައިއްޔަތުން ތިކުރާ ހިތްވަރައް ހަމަސާބަސް،،،
    ވ ވ ވ ވ ފުރިހަމަ

    1. ތީ ކަމަދޫ ކުއްޖެއްވީމަ ހަބޭސް ވެދާނެ.. ކުރިން ގަބޫލެއް ނުކުރަން މީހުން ކިޔާ އަޑު އިވުނަސް.. އެކަމަކު ތި ރަށަށް ގޮސް އުޅެލަން ލިބުމީމަ މި އެނގުނީ .. ކަމަދޫއްކީ ރާއްޖޭގެ ބެންކޮކުކަން…

  2. ކިތަންމެ ގިނަބަޔަކު ތަރުޙީބުދިނަސް ތިޔަކަންކަމަށް ތަރުޙީބު ދެވޭކަށްނެތް ސަބަބަކީ ޢީދުފޯރި ކިޔަސް ޢީދުއުފާ ކިޔަސް އަދި ބޮޑުޢީދު ކުޅިވަރޭ ކިޔަސް ތިޔަ ކުރާ ހުރިހާ ކަމަކީ މުސްލިމުންނަށް "މަނާ" ކަންކަމެވެ. ﷲޞުބުޙާނަހޫ ވަތަޢާލާ ދެ ޢީދެއް މުސްލިމުންނަށް ކަނޑައަޅުއްވާ ދެއްވާފަ އެވަނީ ވަރަށް މުހިންމު ވަރަށްބޮޑު ދެ އަޅުކަމަކާއި ގުޅިގެން އެ އަޅުކަން ނިންމުމަށްފަހު މުސްލިމުން އެކަކު އަނެކަކާ ސަލާމްގަލާން ކޮއްލާ އެކީގައި ކައިބޮއި އުފާކޮއްލުމަށްޓަކައެވެ. އެގޮތުން ބޮޑުޢީދުގައި އުލްޙިޔާ ކަތިލުމާއި ޞަދަޤާތް ދިނުމާއި އަވައްޓެރިންނާ ރައްޓެހިންނަށް ކާންދިނުމާ ގޭގެއަށް ކާތަކެތު ފޮނުވުމާ މިފަދަ ކަންކަމުގައި ހިތްހެޔޮ ކަމާއި އިޙްތިރާމާއި އެކުގައި އުޅެން ދެއްވާފައިވާ ދުވަހެކެވެ.

    ޢީދުދުވަހަކީ އެއްގޮތަކަށްވެސް ﷲޞުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންކަމަށް؛ މަދު ބަޔަކު ފިޔަވައި އެންމެން ގުޅިގެން އެކަންކަމަށް އަރައިގަންނަ ދުވަހަކަށް ހަދައިގެން ނުވާނެއެވެ.

    ނަމަވެސް މިހާރު މިފެންނަނީ ޢީދު ފޯރިއޭ ކިޔައިގެން ﷲތަޢާލާ ޙަރާމް ކުރެއްވި ހުރިހާ ކަމަކަށް އެއްވެސް ބިރެއްނެތި އަރައި ގަންނަމުން ދާ މަންޒަރެވެ. ސަޤާފީ ކުޅިވަރޭ ކިޔައިގެން ދެޖިންސު މަސްހުނި ވެގެން ޙަރާމް ކަންތައް ތަކުގެ ތެރޭގައި ނެށުމާއި؛ ބެރުޖެހުމާއި؛ ސްޓޭޖް ޝޯތަކާއި؛ ކޯޑިކެނޑުމާއި؛ ދަފިނެގުމާ މިހެންގޮސް ގުނާ ޢަދަދު ނުކުރެވޭ ވަރަށް ގޯސްކަންތައްތައް މުސްލިމުން ކޮއްގެން ނުވާނެ ކަންތައްތައް ޙަރާމް ކަންތައްތަކުގެތެރޭގަ ކިތަންމެ ގިނަބަޔަކު ޝާމިލުވެ އުޅުނަސް އެކަންކަން ރަނގަޅެއް ނުވާނެ އަދި އެ ބަޔަކީ ރަނގަޅު ބަޔަކަށްވެސް ނުވާނެއެވެ.

    ނަމޫނާ ބަޔަކަށް ވާނީ ހެޔޮކަންކަމަށް ގޮވާ މީހުން އެއްކޮށް އެ ކަންކަމަށް ބާރުއާޅާ ހިއްވަރުދީ ހެޔޮކަންކަން ކުރިއަރުވަން މަސައްކަތްކުރާ ބައެކެވެ. ޝުކުރިއްޔާ

    ހެޔޮމަގަށްގޮވާ ނުބައިމަގު މަނާކުރާ ބަޔަކު ކަމުގައި އަޅަމެން އެންމެން ލައްވާށި آمين يارب العالمين

  3. ރަނގަޅު ވާހަކައެއް.. ވަރަށް އެއްބައިވަންތަކޮށް އެއްބައެއްވަންތަކޮށް އީދު ފާހަގަ ކުރޭ ކަމަދޫގަ.. އެކަމަކު އެއީތޯ މުސްލިމުން އީދު ފާހަގަ ކުރަންޖެހޭ ގޮތަކީ.. ގުރޭޑު 1 އިން ފެށިގެން ރަށުގެ ގިނަ ޒުވާނުންނަށް ސަހާދަތުގެ 2 ކަލިމަ ކިޔާލަން ނޭންގޭ ހާލަތުގަ ތިބީ.. މިސްކިތް އިންނަ ކޮޅަށް ބޯވެސް ނުލާ … ދެން މިފަހަރުގެ އީދުގަ ރަށެއްގަ ބުރުގާ އަޅައިގެން އޮރިޔާމުން ނެށިޔޭ ކަޔާފަ ހީވީ ތަނެއް މަޅީލަފާނެހެން.. ތިޔަ ކަމަދޫ ސްޓޭޖުން އެކަހަލަ ކިތައް މަންޖެ ފެނުނުބާ.. ޑީޖޭ އާ އެއްޗިސް ދީނާ ގުޅޭގޮތަށް ދޯ ކުރިޔަށް ދިޔައީ.. އަދި ފަހުރުވެރުވެފަ އެބަ ބުނޭނު ދެޖިންސު މިކްސް ދަފިނެގުމޭ.. ސާބަހޭ.. މޮޅެތި ނަންނަން ހަދައިގެން ތިހީކުރަނީ ﷲ އަށް އޮޅުވާލެވޭނެ ކަމައްތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *