logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އެއްޗެއް ނުލެވޭވަރުގެ ކުޑަ ޖީބެއް ޖިންސުގައި ހުންނަނީ ކީއްވެކަން އެނގޭތަ؟

ޖިންސުގެ ކުރިމަތީ ޖީބުގައި އިތުރު ކުޑަ ޖީބެއް ހުންނަނީ ކީއްވެގެން ބާއޭ ހިތައް އަރާ ހެއްޔެވެ؟

ގެންގުޅޭ ތަޅުދަނޑިފަތިވެސް އެ ޖީބަށް ލެވެނީކީއެއް ނޫނެވެ. ބައެއްފަހަރު ސުޕާރީ ޕެކެޓެއް ނޫނީ ވަކިލާރިއެއް ލާން އެ ޖީބު ބޭނުންކުރިޔަސް އެ ނަގަން ވެސް އެހާ އުނދަގޫވެގެން އުޅެން ޖެހެއެވެ. 

އެކަމަކު  އެ ކުޑަ ކުޑަ ޖީބަކީ ސުޕާރި އަޅަން ހާއްސަކުރެވުނު ޖީބެއް ނޫނެވެ. އެ ކުޑަކުޑަ ޖީބުގެ ޑިޒައިނަކީ ފުރަތަމަ ޖިންސު ތައާރަފް ކުރިއިރު ވަރަށް މުހިންމު ބޭނުމަކު ކުރި ޑިޒްއިނެއް ކަމަށްވެއެވެ.

އިންސައިޑާ އިން ބުނެފައި ވާގޮތުން، އެޖީބަކީ 1800 ގެ އަހަރުތަކުގައި ޖީންސް އުފެއްދިގެން އައި އިރު އޭގެ ބޭނުން އިންތިހާއަށް ބޮޑު، ކުޑަ ކުޑަ ޖީބެކެވެ. މިއަދު މި ޖީބުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފިދާނެއެވެ. އެޖީބުގެ އަސްލު ނަމަކީ "ވޮޗް ޕޮކެޓް" އެވެ. ޖިންސު އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ލެވީސް" ނުވތަ ދިވެހިން ދަންނަ ލިވައިސް ޖިންސް ބެރޭންޑުން ބުނާ ގޮތުގައި ނަމަ އެ ޖީބަކީ ގަޑި ލުމަށް ހާއްސަކޮށް އުފައްދާފައިވާ ޖީބެކެވެ.

އެ ދުވަސްވަރު އެންމެން ވެސް އުޅެނީ ކުޑަ ގަޑިއެއް ހިފައިގެން ކަމަށްވެއެވެ. މިގަޑި އޮންނަނީ ކުޑަ ޗޭނަކުން ޖީބާ ގުޅުވާފައެވެ. އެގޮތަށް މަސައްކަތު އުޅުމުގެ ތެރޭގައި ގަޑި ވެއްޓި ހަލާކުވާ ފަހަރު ދިމާވެއެވެ.ކޮންމެއަކަސް ޖިންސުގައި މި އިންނަ ކުޑަ ޖީބަކީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ލެވީސް ބްރޭންޑުން ތައްޔާރު ކުރި ޖީބެކެވެ. އެގޮތަށް ކުޑަ ޖީބެއް ހެދުމުން ގަޑި ވެއްޓި ހަލާކުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެހެންކަމުން އެދުވަސްވަރު އެ ޖީބަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ.

މި ޒަމާނުގައި ހަގީގަތަށް ދަންނަވާނަމަ މި ޖީބަކީ މާ ބޮޑު ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ. ނަމަވެސް އެ ކުޑަ ޖީބު ނެތްނަމަ މިހާރު ޖިންސުގެ އަސްލު ގެއްލިދާނެ އެވެ. މިހާރު އެއީ ރީއްޗަކަށް އިންނަ ޖީބަކަށް މިވަނީ ވެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޖީބުވެސް އޮންނާނީތޯ. ހެޔޮގޮތަކީ ހުންނަނީ. ޖީންސުގައި ހުންނަ ޖީބު. މި ކޮމެންޓު ނުޖައްސަވައި މި ކުށް އިސްލާޙުކޮށްލަދެއްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *