logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބަނދަރުގެ މައްސަލައިގައި ދިއްދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

އދ. ދިއްދޫ ބަނދަރުގެ މައްސަލައިގައި އެރަށު ބައެއް ރައްޔިތުން ކައުންސިލަށް ވަދެ ނުރުހުން ފާޅުކޮށް، އިހުތިޖާޖުކޮށްފި އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް މިނިވަން އަށް ވިދާޅުވީ، ދިއްދޫ ބަނދަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުމަކީ ބަނދަރު ހެދިއިރު ނެރު ކަނޑާފައި އޮތް ދިމާ ކަމު ނުގޮސްގެންނެވެ. ދިއްދޫ ބަނދަރު ހަދައި ނިންމާފައިވަނީ 2021 ވަނަ އަހަރެވެ.

" ނެރު ކަނޑާފައި އޮތްތަކުގެ ގޮތުން، ބޮޑެތި ދަތިތަކާ ތަނީ ކުރިމަތި ވަމުން " ކައުން ސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލައަކީ ބަނދަރު ހެދިއިރު ނެރު ކަނޑާފައި އޮތް ދިމާލުގެ ގޮތުން މޫސުން ގޯސްވެ ކަނޑު ގަދަވާ ދުވަސްވަރު ބަނދަރު ތެރޭގައި ކަނޑެކޭ އެއްގޮތަށް ރާޅު އުފެދުންކަމަށެވެ. އެގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މޫސުން އެންމެ ގޯސްވާ ދުވަސްވަރު، ރަށަށް ބޮޑެތި ރާޅު އަރާކަމަށް ވެސް އެރަށުން ބުންޏެވެ.

" އުޅަނދުފަހަރު ތަކަށް އެތަށް ގެއްލުމެއް ލިބި، މީހުނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބެމުންދަނީ، " ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ބަޔަކު ރުޅިއައިސްގެން މިއަދު ކައުންސިލް އިދާރާ ދޮށަށް އެއްވީ ބަނދަރު ނެރު މައްސަލަ ސަރުކާރުގައި އެތައްފަހަރަކު ދައްނަވައިގެން ވެސް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބިގެން ކަމަށެވެ.

ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ، މިހަފްތާގައި ނެރުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ސަރުކާރުން ދިއްދޫ ކައުންސިލަށް ޖަވާބުދެއްވާފައިވާ ކަމަށެވެ.

ކައުސިލުން ބުނީ، މިއަދު ރައްޔިތުން ކުރި މުޒާހަރާ ރޫޅާލާފައި ވަނީ ޕޮލިހުން އައިސްގެން ކަމަށެވެ.

ދިއްދޫގެ އާބާދީ އަކީ  111 މީހުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކައެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *