logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާގެ ނިއު ދިއްލީ އަށް ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން މި ރަސްމީ ދަތުރުފުޅާ ގުޅުންހުރި ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާ އަދި ބުދަ ދުވަހު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާ ގުޅޭ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން، އިންޑިއާގެ ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ބާއްވާ ޖަލްސާއެއްގައި މިނިސްޓަރ ޝާހިދު ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އިންޑިއާ ސަރުކާރުގެ އިތުރު އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *