logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ނައިބު ރައީސް ފައިސަލް ނަސީމް ބޯހިމެނުން 2022 ގެ ރިޕޯޓް ނެރެދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

"ބޯހިމެނުން 2022″ ގެ ރިޕޯޓް ނެރެފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ބޯހިމެނުން 2022″ ގެ ރިޕޯޓް މިއަދު ނެރެފި އެވެ.

ދުނިޔޭގެ އަބާދީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އ.ދ ގެ އަބާދީ ޖަމިއްޔާއާއި ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯގެ އިތުރުން ހައުސިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވި މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ބޯހިމެނުން 2022ގެ ރިޕޯޓް ނައިބު ރައީސް ނެރެދެއްވުމާއި އެކު މިހާރު ސްޓެޓިސްޓިކް ބިއުރޯގެ ވެބްސައިޓުން މި ރިޕޯޓް ބަލާލެވޭނެ އެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ މިހާރުގެ އާބާދީއަކީ 515،132 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 382،639 ދިވެހިންނާއި 132،493 ބިދޭސީންނެވެ.

ރާއްޖޭގެ އަބާދީގެ ތެރެއިން ވެރިކަން ކުރާ މާލެ ސިޓީގައި 211،908 މީހުން ދިރިއުޅެމުން އަންނަކަމަށް މި ރިޕޯޓުން ދައްކަ އެވެ. މީގެ އިތުރުން 52,482 މީހުން ރިސޯޓްތަކުގައި ދިރިއުޅޭ އިރު ސިނާއީ މަސައްކަތް ކުރާ ރަށްތަކުގައި 13,831 މީހުން ދިރިއުޅެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *