logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގެ އަންހެނުން ދަރިމައިވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފި

މީގެ 30 ހަކަށް އަހަރާ އަޅާބަލާއިރު ރާއްޖޭގައި އަންހެނުން ދަރިން ހޯދާ ނިސްބަތްް 4.7 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ބޯހިމެނުމުން ދައްކައިފި އެވެ.

މިދިޔަ އަހަރު ނެގި ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި, 1990 ވަނަ އަހަރު އެވްރެޖްކޮށް, އަންހެނަކު ދަރިމައިވުމުގެ އުމުރުފުރާގައި 6.4 ދަރިން އުފަންކުރެއެވެ. 2022 ވަނަ އަހަރާ ހަމައަށް އައިއިރު އެދަދަދު ވަނީ 1.7 އަށް ވެއްޓިފަ އެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާ ގޮތުން، 1990 ވަނަ އަހަރު އެވްރެޖްކޮށް ދަރިން  ލިބޭ ނިސްބަތަކީ 6.4 އެވެ. އޭގެ މާނައަކީ އެއިރު ގިނަ އަންހެނުންނަށް އެވްރެޖްކޮށް ލިބެނީ 6-7 ކުދިން ކަމެވެ.

ނަަމަވެސް. މިހާރުގެ އެވްރެޖްކޮށް ގިނަ އަންހެނުނަށް ލިބެނީ 1.7 ކުދިން ނެވެ. އޭގެ މާނަ އަކީ ގިނަ މީހުން ހޯދަނީ އެއް ކުއްޖަކު ނުވަަތަ ދެ ކުއްޖަކަމެވެ. އެހެންވެ  ރާއްޖޭގެ ދަރިމައި ވުމުގެ ނިސްބަތް ވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލަށް ގޮސްފަ އެވެ. ޢޭގެ މާނަ އަކީ އާބާދީ ކުރިއަށްދާ ނިސްބަތް މާ ބޮޑަށް ދަށަށް ގޮސްފައި ވާ ކަމެވެ.

ރާއްޖޭގައި އާބާދީ އުފެދޭ ނިސްބަތް އެހާ ދަށްވެފައިވާ އިރު، ގިނަ އަންހެނުންނަށް ދަރިމައި ވުމުގެ މައްސަލަތަކާ ވެސް ވަނީ ކުރިމަތި ވެފައެވެ. ދާދިފަހުން ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކެއާ ކްލިނިކް ހުޅުވައިދެއްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް، ދަރިމައި ނުވުމުގެ މައްސަލަ ކުރިމަތިވެފައި ވާއިރު، އެ ކަމަށް ވަނީ ހައްލެއް ހޯދަން ޖެހިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ