logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

26.7 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ބަހައިފި

މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި 26.7 މިލިއަން ރުފިޔާ މިއަދު ބަހައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް މިއަދު އެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ، މި އަހަރުގެ ފަގީރުންގެ ލިސްޓްގައި ހިމެނެނީ 7657 މީހުން ކަމަށާއި، އެއިން ކޮންމެ ބޮލަކަށް3500 ރުފިޔާގެ ރޭޓުން ވަނީ އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށެވެ.

މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ގޮތުން ބަލާއިރު އަހަރު ހަމަވެ، ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ނެރެން ޖެހޭ ޒަކާތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ