logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ރައީސްއާ ދެކޮޅަށް ބޭއަދަބީ ބަސްތައް ލިޔެފައިވާ ބެނާތައް ހަރުކުރުމުގައި އިހަވަންދޫގެ 3 ކައުންސިލަރުން ހަރަކާތްތެރިވަނީ

ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފި

ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިހަވަންދޫ ކައުންސިލަރުން ނިކުމެ ރަށުގައި ބޭއަދަބީ ބެނާ ދަމައިފިއެވެ.

އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު މިއަދު ހއ. އަތޮޅަށްް ކުރައްވާ ދަތުރުފުޅުގައި 2 ވަނައަށް ވަޑައިގަންނަވާނީ އިހަވަންދުއަށެވެ. ރައީސްގެ ދަތުރުފުޅާ ދިމާކޮށް އިއްޔެއިން ފެށިގެން އެރަށު ޕީޕީއެމް ހަރުގޭގައި ބޭއަދަބީ ބަސްތައް ހިމެނޭ ލަވަތައް އަންނަނީ އަޑުދަގަކޮށް ޖަހަމުންނެވެ. ރައީސްގެ މިދަތުރުފުޅާ ދިމާކޮށް ރަށުގެ ކައުންސިލަރުން އިސްވެތިބެ މިފަދަ ހުތުރު އަމަލެއް ހިންގުމުން ރަށުގެ ރައްޔިތުންގެ ފާޑުކިޔުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ.

"މިރަށުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އެބަ ހިންގާ. މީގެކުރިން ދުވަހަކުވެސް ނުހިންގާ ވަރަށް މިރަށުގައި ތަރައްޤީގެ މަޝްރޫޢުތައް އެބަ ހިނގާ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކައުންސިލަރުން ނިކުމެ މިކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް. އަޅުގަނޑަކީވެސް ޕީޕީއެމް މީހެއް. އެކަމަކު މިފަދަ ކަންކަމާ ދެކޮޅު. ރަށަށް އަންނަ ތަރައްޤީ ބަލަގަންނަންވާނެ. ކޮންމެ ބަޔަކު ކަމެއް ކޮށްދިނަސް އެކަން ބަލައިގަންނަންވާނެ. މިފަހަރު މިއޮތީ ރައްޔިތުންގެ މަސްލަހަތަށްވުރެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށްފަ." އިހަވަންދޫ ޕީޕީއެމްގެ މެމްބަރަކު ބުންޏެވެ.

އިހަވަންދޫ ކައުންސިލްގެ 7 މެމްބަރުންނަކީވެސް ޕީޕީއެމްގެ މެމްބަރުންނެވެ. ރައީސްގެ ހއ. އަތޮޅަށް ކުރައްވާ ދަތުރުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ހޯރަފުއްޓަށެވެ. އެރަށުގައި ރައީސާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ޕީޕީއެމްއިން މާލޭގައި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓުން މިހާރު ވަނީ ހޯރަފުއްޓަށް ގޮސްފައެވެ. އަދި މުޒާރަހާ ކުރާ ޓީމު އިހަވަންދޫއަށްވެސް ގޮސް މުޒާހަރާކޮށް އަމަން އަމާންކަށް ނަގާލަން މަސައްކަތް ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޕީ،ޕީ،އެމް އަކީ ރައްޔިތުންގެ މަސްލަހަތައްވުރެއް ވަކިމީހެއްގެ ނުވަތަ ވަކި ބައެއްގެ މަސްލަހަތު އިސްކޮއް ގައުމުގަ ފިތުނަފަސާދައިގެ އަމަލުތަކައް ހިއްވަރުދީ އެކަންކުރުވާ ނާތަހުޒީބު ޕާޓީއެއް. ފުރަތަމަ ބަލާ ޕާޓީ އުފެދިގެންއައިގޮތް. މި ޕާޓީއަކީ ދިވެހި ތާރީޙްގަ މިޒާތުގެ އެންމެ ނާތަހުޒީބު، ފިނޑި، އަމަލުތައް ހިންހާފައޮތް ޕާޓީކަން ޔަގީން.. ކޮންމެ ރަށަކައް ކޮންމެ ބަޔަކުވެސް އަރާ މިނިވަންކަންމަތީ ކެންޕެއިންގެ ހަރަކާތްތައް ހިންގާލާފަ ދާންވީ.. މިރަށުގެ ތާރީޙުގަ 5 އަހަރުގެ ދައުރެއްގަ މިސަރުކާރުން ޙަރަދުކޮއް ހިންގަމުންދާ ޕޮރޮޖެކްޓުތަކައް ބަލާއިރު ގާތްވެސް ނުކުރޭ ވޭތުވެދިޔަ އެއްވެސް ސަރުކާރަކާ. ވީއިރު ކޮން މަސްލަހަތެއްބާ މި އިސްކުރެވެނީއަޅެ..

  2. މިހާރުމީ 2023. އަދިވެސް ތިރަށުގަ 1960 ގެ އަހަރުތަކުގަ އުޅުނުގޮތައް ތަންދޮރުނޭނގޭ ނާތަހުޒީބު ބަޔަކުވެސް އުޅޭތާ އަދިވެސް. ސުލްހަވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުވެރިކަމައް ލޯބިކުރާ ޕާޓީއެއް ނޫންތީ. ތި ޕާޓީގެ އޮންނާނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުން ރައްޔިތުންގެ މަސްލަހަތު އެއްފަރާތްކޮއްފަ. އިނގޭތޯ ވޯޓު ކަރުދާސްކޮޅުގަ ޔާމިނުގެ ނަމެއް ނޯންނާނެ. އެހެންނޫނަސް ވެރިކަމުގަ ހުރެނެގި ވޯޓުން ބޮޑުތަނުން ބަލިވީމަ އަދި މިހާރު މާބޮޑުތަނުން ނަލިވާނެކަންޔަގީން. ތިޕާޓީ އިންވެސް އެމް،ޑީ،ޕީ އިން ކަންކުރިގޮތައް ޔާމިނު ނޫން ނަމެއް އަޅެ ވަރެއްހުރީއްޔާ ލާބަލަ. ނުލާނެކަން ޔަގީން. އެހެންވެ މިބުނަނީ ރައްޔިތުންގެ މަސްލަހަތައްވުރެއް ވަކި މީހެއްގެ މަސްލަހަތު އިސްކުރާނެ ވާހަކަ.. 40000 މެންބަރުން ހަމަނުވާއިރު ކޮން ޗެލެންޖެއްތޯ….

  3. ތިރަށުގައި ތިބި ބައެއްކައުންސިލަރުން މީހުންގެ އަނބިންނަށް މައްލަވަކޮށް ކާވެނިތައްވެސް ރޫޅިފައި އެބަހުރި ކަމަށް އެރަށުގެ ރައްޔިތަކު މިއަދު ބުނި… ވަގު އައިޑީ ހަދައިގެން ފޭސްބުކުން މީހުންގެ އަގުވައްޓާލައި ޒާތީ ކަންކަމަށް އަރައިގަނެ، ފިތުނައުފައްދާ މުޅިރަށުގެ ރައްޔިތުންގެ އަގުވައްޓާލުމަށް މަސައްކަތްކުރާކަމަށްވެސް ވޭ! ކައުންސިލަރުންނަށްވިޔަސް މީދެން ދެރަވަރު! ލަދުން ބޯހަލާކު…

  4. މޫސާ އިބްރާހިމޫ ކަލޭ މިނިވަނޭ ކިޔާގެން ކޮންހާ ފިތުނަ އެއް ތި އުފައްދަނީ. ވިކި ހުސްވީމަ ކިޔޭނީވެސް ތިކަހަލަ އެއްޗެހި.

  5. ޗޯރޭމެން މިކަންކަން ދަސްކޮށްދީފަ ދެން ކޮން މޯލެކޭ ކިޔާކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *