logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިނިވަން ދުވަހު އައްޑޫ ސިޓީގައި ހަވާ އަރުވަން ނިންމައިފި

އައްޑޫ ސިޓީގައި މިނިވަން ދުވަސް ކުލަ ގަދަ ކޮށް ފާންހަގަ ކުރުމުގެ ގޮތުން ހަވާ އަރުވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ ސަރަހައްދުތަކަށް ހުޅުވައިލުމުން ރާއްޖޭގެ ދެ ސިޓީއަކުންނާއި ނުވަ ރަށު ކައުންސިލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މިނިވަން ދުވަސް ފާހަގަ ކުރުމަށް އެދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއިން ހުށައަޅައިފައިވާ އިރު، އެ ދެސިޓީގައި ތަފާތު ގިނަ ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ދެ ސިޓީގައި ވެސް ހަވާ އަރުވަން މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާންހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

މި މަހުގެ 26 ވާ ބުދަ ދުވަހު ފާންހަގަ ކުރަން ނިންމާފައި ވަނީ 58 ވަނަ މިނިވަން ދުވަހެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *