logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ސިޓީ ކައުންސިލުން މާލޭގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްގީކުރަން ފަށައިފި

މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަން ފަށައިފިއެވެ.

މިއީ މާލެސިޓީގެ ހަތަރު ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ ކާރޫބާރޫބޮޑު ސަރަހައްދުތަކުގެ ތެރެއިން ފާހަގަ ކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ތަރައްގީ ކުރަމުންދާ ކަމަށެވެ. އަދި ބައެއް މައިޒާންތައް ތަރައްގީކޮށްފައި ވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެން ކަމަށް ވެސް ބުނެފައިވެއެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މީގެ އިތުރުން އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައެވެ. އެހެން ނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.

ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްގި ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *