logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ކުއްލި ޚަބަރު

ގޭސް ފުޅިއެއް ގޮވާ އަންހެނަކު ފިހިއްޖެ

މާލެ ގެއެއްގެ ތެރޭގައި "ގޭސް އެކްސްޕްލޯޝަނެއް" ހިނގާ އަންހެނަކު ފިހިގެން ، އެމްއެންޑިއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މ. ދިލީވިލާގައި ގޭސް ފުޅިއެއް ގޮވައިގެން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

އެމްއެންޑީއެފް އިން މިނިވަން އަށް މައުލޫމާޓު ދިންގޮތުގަ، އުނދުން ރޯކުރި އަންހެން މީހާ ފިހިގެން މިހާރު ވަނީ ހޮސްޕިޓަލަސް ގެންގޮސްފައެވެ.

އަދި ފިހިފައި ވަނީ އޭނާގެ މޫނު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ