logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރޮހިންޔާގެ 74 މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި "ގަވައިދާ ހިލާފަށް" ދިރިއުޅެމުން ދިޔަ ރޮހިންޔާ ރެފިއުޖީންގެ ތެރެއިން 74 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްޓޭޓުގެ ހަ އަވަށަކާއި ސިޓީތަކުންނެވެ. އޭގެ ތެރެއިން 10 ރެފިއުޖީންނަކީ ކުޑަކުދިން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އުއްތަރަ ޕްރަދޭޝްގެ ހަ ޑިސްޓްރިކްޓެއްގައި "ގަވައިދާ ހިލާފަށް ބޯޑަރު ހުރަސްކުރުމަށްފަހު" ދިރިއުޅެމުން ދިޔަ 55 ފިރިހެނުންނާއި 14 އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާގެ "ސްކްރޯލް.އައިއެން" ވެބްސައިޓުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކުރި އަންހެނުންގެ ތެރެއިން އެކަކީ މާބަނޑު އަންހެނެކެވެ.

ރޮހިންޔާ ހިއުމަން ރައިޓްސް އިނީޝިއޭޓިވް ކެމްޕެއިން ގްރޫޕުން ބުނީ ހައްޔަރުކުރި މީހުންނަކީ މިޔަންމާގައި އަނިޔާވެރިކަމުން ފިލައިގެން 10 ވަރަކަށް އަހަރު ވަންދެން އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ.

އިނީޝިއޭޓިވްގެ ޑައިރެކްޓަރު ސަބްބަރު ކިޔޯ މިން ވިދާޅުވި ގޮތުގައި ކުނި ނެގުމުގެ އިތުރުން ގިނަ ބަޔަކީ އާދައިގެ މަސައްކަތްތައް ކުރަމުން ދިޔަ މީހުން ކަމަށެވެ. އަދި އެމީހުން އެދެނީ ހަމައެކަނި ހިމާޔަތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުން ރޭޕްކޮށް، އެމީހުންގެ އެތައް ސަތޭކަ އަވަށެއް އަންދާލުމާ ގުޅިގެން އެތައް ހާސް ރޮހިންޔާ ދަރިކޮޅުގެ ބަޔަކު ވަނީ މިޔަންމާ ދޫކޮށް  ބަންގްލަދޭޝް ފަދަ ގައުމުތަކަށް ގޮސްފައެވެ.

އދ އިން ބުނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަސްކަރީ ކެމްޕޭން ކުރިއަށް ގެންދިޔައީ "ޖަރީމާގެ މަގްސަދުގައި" ކަމަށާއި ބައެއް އަސްކަރީ ޖެނެރަލުންގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ޖެނޯސައިޑް ޝަރީއަތެއް ހިންގަމުންދާ ކަމަށެވެ.

ރެފިއުޖީންގެ ހައްގުތަކާއި އެ މީހުން ހިމާޔަތް ކުރުމުގައި ދައުލަތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ 1951 ވަނަ އަހަރު އެކުލަވާލި އދ.ގެ ރެފިއުޖީ މުއާހަދާގައި އިންޑިއާ ސޮއިކޮށްފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *