އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.
އެމްޑީޕީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަނަފީ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ އާއިލާގެ 60 މެންބަރުންނާއެކުގައި ކަމަށެވެ.
ހަނަފީ އަކީ ކުރިން ޖުމްހޫރީޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ އަދި ޖުމްހޫރީޕާޓީގެ ލީޑަރުގެ ކުރީގެ އެޑްވައިޒަރ މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީއަށް ސޮއި ކުރައްވައިފި.#Ibu2023 #VoteMDP#UfaaveriAmaanRaajje pic.twitter.com/ynWHFWuAIH
— MDP Secretariat (@MDPSecretariat) July 27, 2023
ހަނަފީގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.