logo minivan

English

ހޯމަ, 25 ނޮވެމްބަރ 2024

އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އަޅާނަމަ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން އެއް ނުކުރެއްވޭނެ: ފައްޔާޒް

އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން އެއް ނުކުރެއްވޭނެ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެންޕެއިނަށް ޏ. ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އިހްތިޖާޖު ކޮށް، ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލުމާ ގުޅިގެނެވެ.

ރޭގެ ފުވައުމުލަކުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ސޯލިހު އަކީ ހިތް ތިރި ބޭފުޅަކަށް ވީނަމަވެސް އެބޭފުޅުންނަކީ އެހާ ހިތްތިރި ބައެއް ނޫން ކަމަށާއި، ކެމްޕެއިން އަށް ހުރަސް އަޅަމުން ދާނަމަ ދިވެހި ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން ވިޔަ ނުދޭނެ ކަމަށެވެ.

ފައްޔާޒް ވަނީ އެމްޑީޕީގެ ކެމްޕެއިން އަށް ހުރަސް ނާޅުއްވައި އިދިކޮޅުން ކެމްޕެއިން ފެއްޓެވުމަށް އެބޭފުޅުންނަށް ގޮވާލާފައެވެ.

ފައްޔާޒް ވިދާޅުވީ، އެގޮތަށް މުޒާހަރާ ކުރި ނަމަވެސް އެމްޑީޕީގެ އަޒުމެއް ނުގުޑާނެ ކަމަށާއި، އެ އޮޑިއެއް ނުފެތޭނެ ކަމަށެވެ. އަދި އެ ޕާޓީ ރޫޅާ ވެސް ނުލެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެބޭފުޅުން ވެސް ކުރައްވަން ވި ކަމަކީ ބާތިލު ވޯޓަށް ވުރެން ގިނަ ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވަން ވީ" ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންނާއި އިދިކޮޅު އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހަތަރު ފުލުހަކަށާއި ބައެއް އާންމުންނަށް އަނިޔާވެ ފުވައްމުލަކު ހޮސްޕިޓަލްގައި 3 ފިރިހެން ފުލުހަކާއި، އަންހެން ފުލުހަކަށް، ވަނީ ފަރުވާ ދީފައެވެ.

އެސްއޯ ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރު ވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *