logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފޮޓޯ:ޕީއެސްއެމް

އޮންލައިންކޮށް ރީރަޖިސްޓާ ވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އޮންލައިންކޮށް ރީ-ރަޖިސްޓާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އޮންލައިންކޮށް ރީރަޖިސްޓާ ކުރަން ކުރިން ހުޅުވާލި މުއްދަތު 31 ޖުލައިގެ ނިޔަަލަށް އޮތް ނަމަވެސް އިއްޔެ އީސީ އިން ވަނީ އެމުއްދަތު ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ރީރަޖިސްޓްރީ ކުރުމަށް އެކޮމިޝަނުން ހުޅުވާލާނީ ޖުލައި މަހުގެ 16، ވަނަ ދުވަހެވެ. އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރީރަޖިސްޓާކުރާ ގޮތަށް ހަމަޖެހި އެ ފުރުސަތު ބުދަ ދުވަހާ ހަމައަށް އޮތް ނަމަވެސް، ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވެފަ ތިބި މީހުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހެއެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ކައުސިލް އިންތިހާބުގައި މާލޭގައި ވޯޓުލާފައި މި ފަހަރު އެހެން ތަނެއްގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެ އެވެ. އަދި، އޭރު އެހެން ތަނެއްގައި ވޯޓުލާފައި މި ފަހަރު މާލޭގައި ވޯޓުލާ ނަމަ ވެސް ރީރަޖިސްޓާކުރަން ޖެހޭނެ އެވެ.

އިއްޔެގެ ނިޔަލަށް ޖުމްލަ 20،514 މީހުން ޖަރިސްޓްރީވެފައިވާ ކަމަށް އީސީއިން ބުންޏެވެ. އޭގެ ތެރޭގައި 15،189 މީހުންނަކީ އޮންލައިން ކޮށް ރަޖިސްޓާވި މީހުން ކަމުގައި އީސީއިން ބުންޏެވެ. އީސީ އިން ބުނީ އޭގެ ތެރޭގައި 3،711 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ.

" ރިޖެކްޓް ވެފައިވާ ފަރާތްތަކަށް އެންގިފަވާނެ ރިޖެކްޓްވިކަން، އެއީ އެކި ސަބަބުތަކާ ހެދި ، ބައެއް ފަރާތަކުން މުއްދަތު ހަމަވެފައިވާ އައިޑިކާޑު ހުށަހަޅާފައިވާތީ ވެސް ރިޖެކްޓްވާނެ " އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިނިވަންއަށް ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *