logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

މުއިއްޒު ޕީއެންސީއަށް ސޮއި ކޮށްފައިވަނީ، މިއަދު އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، ޓިކެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުންނެވެ.

އެގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ވަނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލެވިފައެވެ.

އަދި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމާފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެވޭ ހާލަތެއްގައި އެ ދެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޭފުޅަކު ނެރެން އެމަނިކުފާނު ލަފާ އެރުވުމުންނެވެ. އަދި އެ ކެންޑިޑޭޓް ވާން ޖެހޭނީ އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބޭފުޅަކަށް ކަމަށްވެސް ޔާމީން އަންގަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ޕީއެންސީ ރިޔާސީ ޓިކެޓަށް މިވަގުތު ނުރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަޑުތައް އަންނަނީ ފެތުރެމުންނެވެ.

ޕީޕީއެމްގެ އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި، މުއިއްޒު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައި ޕީއެންސީއަށް ސޮއިކުރެއްވީ، ޕީއެންސީގެ ސެނެޓުން އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމަށް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *