logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސްގެ ސުވާލެއް އެމްޑީޕީއަށް: ފްލެޓްތަކާއި ގޯތިތައް ހަވާލުކުރަން މަޖިލީހުގެ މެޖޯރިޓީއެއް ނުލިބޭތޯ؟

ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު، ފްލެޓްތަކާއި ގޯތިތައް ހަވާލުނުކުރެވުނީ ކީއްވެތޯ ވިދާޅުވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީއަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ ތ ވިލުފުށި ދާއިރާގެ ކެނޑިޑޭޓް ހަސަން ވަހީދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވަނީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެޕާޓީގެ ވެރިކަމުގައި ފްލެޓާއި ގޯތި ހަވާލުނުކުރެވި ތިބި އެންމެނަށް ފްލެޓާއި ގޯތި ދޭނޭކަމަށް އެމްޑީޕީެ ލީޑަރޝިޕުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ ހަވާލުނުކުރެވި ހުރި ފްލެޓާއި ގޯތިތައް ހަވާލުކުރުމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ރައްޔިތުންގެ ކައިރި އެދެމުންދާކަމަށެވެ. އެމްޑީޕީއަށް އެކަންތައް ނުކުރެވުނީ މަޖިލީހުގެ މެޖޯރިޓީ ނެތިގެންތޯ އެމްޑީޕީއަށް ސުވާލު އަމާޒުކުރައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށެވެ.

އަޅުގަނޑުމެންގެ ވެރިކަން ފެށިގެން އައިދުވަހުވެސް އެ ބުނާ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި. ސުޕަ މެޖޯރިޓީ. ހަތަރުމަސް ވެގެންދިޔައީ ހަމަ އެއްކަމެއްވެސް ނުކުރައްވައެއްނޫންތޯ. އެބޭފުޅުން އެހާ އިހުލާސްތެރި ބައެއްނަމަ ކޮންމެހެން އިންތިހާބަކުން މެޖޯރިޓީ ހަވާލުކުރީމަތޯ އެ ވިދާޅުވާ މިހާރުނުކޮށް އޮތް ކަންތައް ކުރެވެން އަންނަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ދައްކަނީ އެއްވެސްކަހަލަ އަސާސެއް އޮތް ވާހަކައެއް ނޫންކަމަށާއި، މެޖޯރިޓީ އޮވެގެން ކަމެއް ކުރެވޭނަމަ އެމްޑީޕީން އެބުނާ ފްލެޓްތަކާއި ގޯތިތައް ހަވާލުކުރެވުނީސް ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުގައި އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ފްލެޓާއި ގޯތިތައް ހަވާލުނުކުރެވި ތިބި މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ގޯއްޗާއި ފްލެޓްތައް ހަވާލުކޮށް ނިންމާނޭ ކަމަށެވެ.

މިގޮތުން މިހާރުވެސް އެކަންތައް އޮތީ ކެމްޕެއިން ދުވަސްވަރު ވީ ވައުދާ އެއްގޮތަށްކަމަށްވެސް ރައީސް ޑރ.މުއިއްޒު މިރޭވެސް އެވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *