logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ހުޅުމާލެ ފޭސް2

ހުޅުމާލެ މުނިސްޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ

އެއް މަސްދުވަހުގެ ތެރޭގައި ހުޅުމާލެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފައްޓަވަން ނިންމަވާފައިވާ ކަމަށެވެ. ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އޮންނަންވާނީ ސިޓީ ކައުންސިލުގެ ދަށުގައިކަން ޤާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުނިސިޕަލް ހިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި ސްޓާފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ. މިގޮތުން ބަދަލުކުރާ މުވައްޒަފުންނަށް އެއް އަހަރު ދުވަސްވަންދެން ކުރިން ލިބެމުން އައި މުސާރަ ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ހުޅުމާލެ މުނިސިޕަލް ހިދުމަތް މިހާރު ދެމުންދަނީ އާބަންކޯ އިންނެވެ. މާލެ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް ބަދަލު ކުރެއްވުމާ ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *