logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ފަރަށް އެރި ސައުތުލައިން ބޯޓު ބަނދަރަށް ވައްދައިފި

ގއ.ނިލަންދޫއަށް ވަންނަން ދަތުރުކުރަމުން ދަނިކޮށް އެރަށު ނެރުމައްޗަށް އެރި "ސައުތު ލައިން" ސަޕްލައި ބޯޓު ނިލަންދޫ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިބޯޓު ނެރުމައްޗަށް އަރާފައި ވަނީ 11 ފަޅުވެރިންނާއެކު ދަތުރުކުރަމުން ދަނިކޮންނެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އަދި ބޯޓު ނެރުމައްޗަށް އެރިއިރު ބޯޓުގައި އެއްވެސް މުދަލެއް ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ރޭ 20:36 ހާއިރު އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން ލިބުމާއެކު، ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އަރައި ބޯޓުގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސް ދިޔަވަމުންދާތީ ޕަންޕު ޖައްސައިގެން ފެން ހިއްކައި އަދި ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ. އަދި ބޯޓުގެ ފަޅައިގެންގޮސްފައިވާ ތަން ބެއްދުމަށްފަހު ރޭ މެންދަމު 3:19 ހާއިރު ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން އެ ބޯޓު ނިލަންދޫ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސައުތުލައިން ބޯޓަކީ، ހުވަދު އަތޮޅުގެ ރައްތަކާއި، ފުވައްމުލަަށް އަދި އައްޑޫ ސިޓީއަށް ގިނައަދަދެއްގެ މުދާ އުފުލާ ބޯޓެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ