logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

މޭގަން ޓްރައިނަރ އަށް އިތުރު ދަރިއަކު ލިބިއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭގަން ޓްރައިނަރ އަދި އޭނާގެ ފިރިމީހާ ޑެރިލް ސަބާރާ އަށް އިތުރު ދަރިއަކު ލިބިއްޖެއެވެ.

މިމަހުގެ އެއްވަނަ ދުވަހު އެ ދެމަފިރިންގެ ދެވަނަ ފިރިހެން ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު، މިއަދު މޭގަން ވަނީ އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ޕޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. އެ ޕޯސްޓްގައި މޭގަން ބުނެފައިވާ ގޮތުން އެ ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހަކީ މިދެމަފިރިންގެ ފުރަތަމަ ޑޭޓްއަށް 7 އަހަރު ފުރުނު ދުވަހެވެ. އެގޮތުން އެ ދަރިފުޅަށް ވަނީ "ބެރީ ބްރޫޒް ޓްރައިނަރ" ގެ ނަމުން ނަން ދީފައެވެ.

އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ ދެވަނަ ފަހަރަށް ބަނޑުބޮޑުކަން ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހު "ޓުޑޭ ޝޯވ" އިންނެވެ. އަދި އެ ދެމިފިރިން ވަނީ ފުރަތަމަ ފަހަރެކޭ އެއްގޮތަށް "ދަ ކެލީ ކްލާކްސަން ޝޯވ" ގައި ދަރިފުޅުގެ ޖެންޑަރ ހިއްސާކޮށްފައެވެ.

ސްޕައި ކިޑްސް އިން ބޮޑު މަގްބޫލު ކަމެއް ހޯދި މޭގަން އާއި ޑެރިލްގެ 2 އަހަރުގެ ފިރިހެން ދަރިފުޅަށް ކިޔަނީ ރައިލީ ސަބާރާ އެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ކައިވެނިކުރި ދެމަފިރިން އަންނަނީ މިހާރުގެ ހަތަރު މީހުންގެ އާއިލާ ފުޅާކުރުމަށް އިތުރު ޕްލޭންތަކެއް ކުރަމުންނެވެ. މޭގަން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ޖުމްލަ ހަތަރު ކުދިންނެވެ.

"އަހަރެންނަށް މިހާރު މެދާ ހިސާބަށް ދެވިއްޖެ. އަހަރެން ވަރަށް ޝުކުރުވެރިވަން ބަލިވެ އިނދެވޭތީ." މިއަހަރުގެ ޖެނުއަރީ މަހު "ޕީޕަލްސް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މޭގަންގެ ލަވައެއް ކަމަށްވާ "މޭޑް ޔޫ ލުކް" ވަނީ މިދިޔަ އަހަރު ޓިކްޓޮކްގައި ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ލަވައަކަށް ވެގެން ގޮސްފައެވެ. އެކި ޕްލެޓްފޯމްތަކުގައި މަޝްހޫރު ތަރިން ވަނީ އެ ލަވައަށް ތަފާތު ގޮތް ގޮތަށް ނަށާ ވީޑިއޯތައް އާއްމުކޮށްފައެވެ. ހަމައެއާއެކު، އޭނާގެ ލަވައެއް ކަމަށްވާ "މަދާ" ވެސް ވަނީ މިއަހަރު ވަރަށް ބޮޑަށް ޓިކްޓޮކްގައި ވައިރަލް ވެގެން ގޮށްފައެވެ. އަދި އެ ލަވައިގެ މިއުޒިކް ވީޑިއޯއިން މޭގަން އާއިއެކު އެމެރިކާގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަދި ކުޅަދާނަ ބިޒްނަސް ވުމެން ކްރިސް ޖެނާ ފެނިގެން ގޮސްފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *